ކުޅިވަރު

އޮމަދޫ ވޮލީ ކޯޓުގެ މަސައްކަތް ފަށައިފި


އދ. އޮމަދޫ ވޮލީބޯޅަ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އަރިއަތޮޅު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އޭގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި އޮމަދޫ ކައުންސިލުގެ މެމްބަރުންވެސްވަނީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މިމަޝްރޫޢަކީ 1.24 މިލިއަން ރުފިޔާ ޚަދަރުކުރައްވައިގެން 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ދަގަނޑުގެ މަސައްކަތާއި، ކަރަންޓު މަސައްކަތާއި، ޓާރފް އެޅުމާއި، އިކުއިޕްމަންޓު ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އޮމަދޫ ވޮލީ ކޯޓުގެ ވެގެންދާނީ ކުޅިވަރު ތަރައްޤީއިން އެރަށަށް ލިބިގެންދާނެ މުހިންމު ކުރިއެރުމަކަށެވެ. 1200 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ އޮމަދޫއަކީވެސް ރާއްޖޭގެ އެހެން ރަށްތައް ފަދައިން ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮންނަ ރަށެކެވެ. އެހެންކަމުން މިފެށުނު މަޝްރޫޢަކީ ރަށުގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މުހިންމު މަސައްކަތަކަށް ވެގެންދާނެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ދާއިރާއިން އަންނަނީ ގިނަގުނަ ކުރިއެރުންތަކެއް އަންނަމުންނެވެ. ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ވަސީލަތްތައް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރައްވަމުންގެންދަވާ ބިޔަ މަޝްރޫޢެކެވެ.