ޓުއަރިޒަމް

ޔޫއޭއީގެ ގިނަ ބަޔަކު ރާއްޖެ ޒިޔާރަތްކުރަން ބޭނުންވޭ


ކުރިއަށް އޮތް އަޟްޙާ ޢީދު ބަންދަށް ޔުނައިޑެޓް ޢަރަބި އެމިރޭޓްސްއިން އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރަން ބޭނުންވާ 3 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

އެޤައުމުގެ ޓުއަރ އޮޕަރޭޓަރުންނާ ޙަވާލާދީ ގަލްފް ނިއުސްގައިވާ ގޮތުން ޢީދު ބަންދުގައި ޔޫއޭއީގެ ފަތުރުވެރިން އެންމެ ގިނައިން ބުކިންގްސް ހަދަމުންދަނީ ރާއްޖެއަށާއި، ސްރީލަންކާއަށާއި އަދި ސީޝެލްސްއަށެވެ.

އެގޮތުން މިހާތަނަށް އީދު ބަންދުގައި އެ މަންޒިލްތަކަށް ދިޔުމަށް ގާތްގަނޑަކަށް 35 ޢާއިލާއިން ބުކިންގްސް ހަދާފައިވާ ކަމަށް ޓުއަރ އޮޕަރޭޓަރަކާ ޙަވާލާދީ ގަލްފް ނިއުސްގައިވެއެވެ. ޔޫއޭއީއަށް ޢީދު ބަންދުގެ ގޮތުގައި ފަސްދުވަހުގެ ބަންދެއް ލިބޭނެކަމަށް ވަނީ ބެލެވިފައެވެ. އަދި ދުރާލާ ގިނަ ޢަދަދެއްގެ ފަތުރުވެރިން ދަނީ ޗުއްޓީ ޕްލޭންކުރަމުންނެވެ.