މުނިފޫހިފިލުވުން

އެއްވަނަ ރޭޑިއޯ ޑްރާމާއަކަށް "މަންމާ މިދޭ އިޙްތިރާމް"


2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޑްރާމާ މުބަރާތައް ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ. އެގޮތުން މި އަހަރު 14 މުއައްސަސާއެއްގެ 16 ޑްރާމާ މިއަހަރު ގެނެސްދީފައިވެއެވެ. މިއަހަރުގެ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ޑްރާމާއަކަށް ހޮވުނީ ސިވެހި ސިފައިންގެ ކްލަބުން ތައްޔާރުކޮށް ހުށަހެޅި ޑްރާމާ "މަންމާ މިދޭ އިޙްތިރާމް"އެވެ. ދެވަނަ ޑްރާމާއަކަށް ހޮވުނީ، ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރުކުރި ޑްރާމާ " އެކަނިވެރި ހަޔާތް"އެވެ. ތިންވަނަ ޑްރާމާއަކަށް ހޮވުނީ، ތާއްޖުއްދީން ސްކޫލުން ހުށަހެޅި "ވިސްނާ"އެވެ. މީގެ އިތުރުންވެސް އެންމެ މޮޅު ސްކްރިޕްޓް، އެންމެ މޮޅު އަންހެން ފިރިހެން ވޮއިސް އާޓިސްޓުންވެސް ހޮވާ އެފަރާތްތަކަށް ރޭ ދިވެހިރާއްޖޭގައި އަޑުގައި ބޭއްވި ރަސްމިއްޔާތުގައި އިނާމް ދެއްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14715870524357.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް / ފޮޓޯ: ޕީއެސްއެމް ފައިލް

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ސޯދިޤް ވިދާޅުވީ، ޑްރާމާތަކުގެ ޒަރިއްޔާއިން ޤައުމުގައި ހުރި މައްސަލަތައް ގެނެސްދީ އެކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރއްވާތީ އުފާ ކުރައްވާކަމުގައެވެ. އަދި ކުރިއަށް ހުރި މުބާރާތްތަކުގައި، އިތުރު އިޝޫ ތަކަށް ބިނާކޮށް ޑްރާމާ ތައްޔާރު ކުރުމަށް ގޮވާލިއެވެ.

ޕަބްލިކް ސާރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް ދެއްކެވި ވާހަކަފުޅުގައި، އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ އިތުރުން އަންނަ އަހަރު ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ޑްރާމާ މުބާރާތެއް ބޭއްވަވާނެކަމުގައި ވިދާޅުވިއެވެ. ރޭޑިއޯ ޑްރާމާ މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ވަނަތައް ހޮވުމަށް ވިސްނަމުންދާކަމަށް ޕީއެސްއެމްއިން ހާމަކުރެއެވެ.