މި މަހުގެ 22-31 އަށް ބަހްރެއިންގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސްގެ ބީޗް ވޮލީބޯޅައިގެ ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި ރާއްޖޭގެ ރެފްރީ އިސްމާޢީލް އަބްދުالله (އިންމަ) ހިމަނައިފިއެވެ.
ބަހްރެއިންގައި އޮންނަ ތިންވަނަ އޭޝިއަން ޔޫތް ގޭމްސްގެ ޓެކްނިކަލް އޮފިޝަލުންގެތެރޭގައި އޭވީސީ ރެފްރީއެއްގެ ދަރަޖަ ހާސިލްކޮށްފައިވާ އިސްމާއިލް ހިމެނިފައިވާތީ ބަހްރެއިން އޭޝިއަން ޔޫތް ގޭމްސް އޮގަނައިޒިން ކޮމިޓީން ވަނީ އޭނާއަށް މަރްހަބާ ކިޔާފައެވެ.
އޭޝިއަން ޔޫތް ގޭމްސްގެ ބީޗް ވޮލީގެ ޓެކްނިކަލް އޮފިޝަލަކަށް އިސްމާއިލް ހަމަޖެއްސީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ންނެވެ.
ބީޗްވޮލީގެ ތަޖްރިބާކާރު ބައިނަލްއަގްވާމީ ރެފްރީ ހުސެއިން މުހައްމަދަށްފަހު އޭވީސީގެ ރެފްރީކަމުގެ ދަރަޖަ އޮންނަ ރާއްޖޭގެ ދެވަނަ ރެފްރީ އަކީ އިސްމާއިލެވެ. އޭނާ އޭވީސީ ރެފްރީކަމުގެ ދަރަޖަ ހޯދީ 2018 ގައި ބީޗް ވޮލީ ރެފްރީކޯސް ފުރިހަމަކޮށް ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އޭވީސީ ރެފްރީކަމުގެ ދަރަޖަ އޭނާ ހާސިލް ކުރީ ހަމަ ކުރަންޖެހޭ އަދަދަށް ބައިނަލްއަގްވާމީ މެޗުތައް ހަމަކޮށްގެން މި އަހަރުގެ ޖޫން މަހުގެތެރޭގައެވެ.
އޭނާ ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން އަދި ފިރިހެން ފައިނަލްގެ ރެފްރީކަން ކޮށްފައެވެ.
އޭނާ ވަނީ އޭވީސީގެ ޖޫނިއާ ހަތަރު ބީޗްވޮލީ މުބާރާތެއްގައި ރެފްރީކަން ކޮށްފައެވެ.