ޚަބަރު

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަޙައްދުތައް ބަންދުކުރަނީ


  • އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ

  • ފުލުހުން ވަނީ މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފަ

މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.


ފުލުހުން ވަނީ މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ފުލުހުން ވަނީ މަޢާފަށް އެދިފައެވެ. ބައެއް ސަރަހައްދުތައް ބަންދު ކުރަން ނިންމިނަމަވެސް އެއީ ކޮން ސަރަޙައްދުތަކެއްކަމެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.