ސިއްހަތު

އާސަންދައިން މެޑިކަލް ޗެކްއަޕް ހެދުމުގެ ޚިދުމަތް އިފްތިތާޙުކޮށްފި


ހުސްނުވާ އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕް ހެދުމުގެ ޚިދުމަތާއި ރާއްޖޭގެ ހުރިހާ ޞިއްޚީ ޚިދުމަތްދޭ މަރުކަޒުތައް އީޕޯޓަލް މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް މިއަދު ރަސްމީކޮށް އިފްތިތާޙު ކުރައްވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެޑިކަލް ޗެކަޕްގެ ޚިދުމަތާއި، އީޕޯޓަލް މެދުވެރިކޮށް ޚިދުމަތްދޭ މަރުކަޒުތައް ގުޅާލުމުގެ ޕްރޮޖެކްޓް މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މިއަދު ތަޢާރަފްކުރެއްވި ހުސްނުވާ އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތުގެ ދަށުން ތަފާތު 6 އުމުރުފުރާއަކަށް މެޑިކަލް ޗެކަޕް ހެއްދުމަށް ޕެކޭޖްތަކެއް ތަޢާރަފް ކުރައްވާފައިވެއެވެ. އަދި ހުސްނުވާ އާސަންދައިގެން ދަށުން ކޮންމެ ދެ އަހަރަކުން އެއްއަހަރު މެޑިކަލް ޗެކަޕް ހެދޭނެގޮތް ހަމަޖެހިގެންދާނެއެވެ.

މިއަދު ތަޢާރަފްކުރެވުނު ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން އީޕޯޓަލަކުން ގުޅާލުމުގެ ޕްރޮޖެކްޓްގެ ދަށުން ހުރިހާ ތަނެއް ގުޅާލެވުމުން ސަރުކާރުގެ ޚަރަދުކުޑަވެ، ބަލިމީހުންގެ މަޢުލޫމާތު ދެނެގަތުމަށް ފަސޭހަވާނެއެވެ.