ޓުއަރިޒަމް

ގޯ-އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ހުއްދަ ދީފި


އިންޑިއާގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ ގޯ-އެއަރއިން ރާއްޖެއަށް ދަތުރުތައް ފެށުމުގެ ހުއްދަ އިންޑިއާ ސަރުކާރުން އެ އެއަރލައިނަށް ދީފިއެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއާއެކު އިތުރު އަށް މަންޒިލަކަށް އެއަރލައިންގެ ދަތުރުތައް ފެށުމުގެ ހުއްދަ ދީފައެވެ. އެގޮތުން އަންނަ މާޗް މަހުން ފެށިގެން ގޯއެއަރގެ ދަތުރުތައް ފެށުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވަނީ ރާއްޖޭގެ އިތުރުން، އިރާން، ވިއެޓްނާމް، އަޒަރްބައިޖާން، އުޒްބެކިސްތާން، ކަޒަކިސްތާން، ގަތަރު އަދި ސަޢޫދީ ޢަރަބިއާއަށެވެ.

ރާއްޖެއަށް ހަފްތާއަކު 7 ދަތުރުކުރުމުގެ ހުއްދަ ވަނީ އިންޑިއާ ސަރުކާރުން އެއަރލައިންނަށް ދީފައެވެ. 2015 ވަނަ އަހަރު ޑޮމެސްޓިކް އޮޕަރޭޝަންތައް ފެށި ގޯއެއަރއަކީ މާރކެޓް ޝެއާއިން އިންޑިއާގެ ފަސްވަނައަށް އެންމެ ބޮޑު އެއަރލައިނެވެ.