ދިރާގުގެ 37ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ އޮފަރތަކެއް އިޢުލާންކޮށްފިއެވެ.
މި އޮފަރތައް އިއުލާންކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ޤައުމު ކުރިއެރުވުމުގައި ދިރާގުން ކުރަމުންދާ މަސައްކަތުގައި ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ޙިއްޞާދާރުންގެ ދައުރު ބޮޑުކަމަށެވެ. އަދި އެ ފަރާތްތަކުގެ އެއްބާރުލުމާއި ނުލާ އެ ކާމިޔާބީ ހާސިލް ނުކުރެވޭނެކަން ފާހަގަކޮށް، އަލީ ރިޔާޒު ވަނީ ކަސްޓަމަރުން ދިރާގަށް ކުރަމުން އަންނަ އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ.
"އަޅުގަނޑުމެންގެ މި ދަތުރުގެ ބައިވެރިން ކަމުގައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން. އަދި، މިއަދާހަމައަށް އަޅުގަނޑުމެން ހޯދައިފައިވާ ކާމިޔާބީތަކާ ހަމައަށް ވާސިލުވުމަށް އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރަން." ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ޑިޖިޓަލް މުސްތަގްބަލުގައި ކަސްޓަމަރުން ކުރި އެރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދޭނެކަމަށާއި ކަސްޓަމަރުންނަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށްވެސް އަލީ ވިދާޅުވިއެވެ.
• 37ޖީބީ ހިލޭ، 24 ގަޑީރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1 އޮކްޓޫބަރު 2025ވަނަ ދުވަހުގެ 10:00 އިން 18:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.
• ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕަރޓްނަރުންގެ ފަރާތުން ހާއްސަ އޮފަރތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެއެވެ. މި ޕްލޭނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެއެވެ.
• އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
• ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަރނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 1988އިން ފެށިގެން ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބިނާކުރުމުގެ މުހިންމު ދައުރު އަދާކޮށްފައެވެ.
ދިރާގުން ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް %100 މޮބައިލް ކަވަރޭޖް ފޯރުކޮށްދީ، ޒަމާނީ ހިދުމަތްތައް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށް، މި ހިދުމަތްވަނީ ރާއްޖޭގެ އާބާދީގެ %70އަށް ފުޅާކޮށްފައެވެ. އަދި، ދިރާގުން ވަނީ ރާއްޖޭގެ %100 މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބަރ ބްރޮޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައެވެ.