ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ ޤައުމީ ދިފާޢީ ބާރުން ޚާއްސަ އޮޕަރޭޝަނެއް ފަށަން ތައްޔާރުވެއްޖެއެވެ.
އެމްއެންޑީއެފުން މި އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މިފެށޭ އޮކްޓޫބަރު މަސްތެރޭގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ލައިސެންސްނެތި ކަނޑު އުޅަނދުތައް އޮޕަރޭޓްކުރުމާއި، ކަނޑުމަތީގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރުތައް ދުއްވުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާދިސާތައް ފަހަަކަށްއައިސް އިތުރުވަމުންދާތީ، އެމްއެންޑީފުން ޚާއްޞަ އޮޕަރޭޝަނެއް ހިންގުމަށް ނިންމާފައިވާކަމަށެވެ.
ލައިސެންސްނެތި ކަނޑު އުޅަނދުތައް އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ އެމްއެންޑީފުން ޚާއްޞަ އޮޕަރޭޝަނެއް އޮކްޓޫބަރު މަސް ތެރޭގައި ފެށުމަށް ވަނީ ނިންމާފަ.
— Maldives National Defence Force (@MNDF_Official) September 30, 2025
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފް ކޯސްޓް ގާޑަކީ ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލާމަތީ ކަންކަމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ވޭތުވެދިޔަ ދުވަސްތަކުގައިވެސް އެމްއެންޑީއެފުން ވަނީ ރާއްޖޭގެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކޮށް، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ފަހަކަށްއައިސް ލައިސެންސްނެތި ކަނޑު އުޅަނދުތައް އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރުތައް ދުއްވުމުގެ ސަބަބަބުން ހިނގާ ހާދިސާތައް އިތުރުވެފައިވާތީ، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.