ޚަބަރު

ކަނޑޫދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއަށް


  • މިމަސައްކަތް ހަވާލުކޮށްފައިވަނީ 730 ދުވަހުގެތެރޭގައި ނިންމާގޮތަށް

ތ.ކަނޑޫދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

ކަނޑޫދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަނޑޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެތެރޭގައެވެ.

ކަނޑޫދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ. މިމަސައްކަތުގެ އެއްބަސްވުމުގައިއިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.

މިމަސައްކަތް އާރްޑީސީއާ ހަވާލުކުރައްވާފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 92.2 މިލިޔަން ރުފިޔާއަށެވެ.