ޚަބަރު

ހޯމް މިނިސްޓަރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި


ހޯމް މިނިސްޓަރގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އަޒްލީން އަޙްމަދަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރަށް ރުހުން ދޭން ފެނިވަޑައިގަންނަވާކަމަށް 54 މެމްބަރުން ވޯޓުދެއްވިއެވެ. ރުހުން ދޭން ފެނިވަޑައި ނުގަންނަވާ ކަމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. ހޯމް މިނިސްޓަރުގެ މަޤާމަށް އަޒްލީން އަޙްމަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ މިމަހުގެ 1ވަނަ ދުވަހުއެވެ.

އަޒްލީން އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބުގެ މަޤާމުގައި ހަޔަރ އެޑިއުކޭޝަންގެ އެންމެ އިސް ވެރިއެއްގެ ގޮތުގައެވެ.

img:http://s3.psmnews.mv/images/660x400/14712578435393.jpg|މުޙައްމަދު ޙުސައިން ޝަރީފް - މީގެ އިތުރުން ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ޙުސައިން ޝަރީފް ޢައްޔަން ކުރެއްވުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުންދެއްވާފައެވެ.

ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް މުޙައްމަދު ޙުސައިން ޝަރީފް އައްޔަން ކުރެއްވުމަށް ފެންނަކަމަށް 63 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ޖަޕާނަށް އައު ސަފީރަކު ޢައްޔަން ކުރައްވަން ނިންމެވީ، އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި އަޙްމަދު ޚަލީލްގެ މަޤާމްގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.