ޚަބަރު

ކްލަބް މޯލްޑިވިސް ކްލެސިކް: ޓްރާންސްޕޯޓް ދެވަނަ ބުރަށް


ކުލަބް މޯލްޑިވިސް ކްލެސިކްގައި ރޭގައި ކުޅުނު މެޗު ކާމިޔާބުކޮށް މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެ ޓްރާންސްޕޯޓް ރެކްރިއޭޝަން ކުލަބުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގުރޫޕް އޭގައި ރޭ ކުޅުނު މެޗުން ޓްރާންސްޕޯޓް މޮޅުވީ ކުލަބް 220 އަތުން 3-1 ލަނޑުންނެވެ. ގްރޫޕް އޭގައި ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ޓްރާންސްޕޯޓް މޮޅުވިއިރު، އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ކްލަބް 220 އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެގްރި ރެކްރިއޭޝަން ކްލަބުން ވަނީ 4-2 އިން ކްލަބް އެސްޑީއެފްސީ ބަލިކޮށް، ތިން ޕޮއިންޓް ހޯދައިފަ އެވެ. ފުލުގައި އޮތް އެސްޑީއެފްސީ އަށް ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ގްރޫޕް ބީގައި ރޭ ކްލަބް ޑީޖޭއޭ އިން ވަނީ 5-2 އިން ފިނޭންސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. މި ގްރޫޕްގައި ރޭ ދެން ކުޅުނު މެޗުން އެމްއައިއޭއާރްސީ އަތުން ޔޫތު ރެކްރިއޭޝަން ކްލަބް ބަލިވީ 3-2 އިންނެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ޑީޖޭއޭ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ފިނޭންސާއި ތިން ވަނައިގައި އޮތް އެމްއައިއާރްސީ އަށް ތިން ޕޮއިންޓް ލިބިފައިވެ އެވެ. އަދި، ފުލުގައި އޮތް ޔޫތަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.