ޚަބަރު

ނަސަންދުރާ ކައިރީގައި ރޯވި އަލިފާން ނިއްވާލައިފި


  • އަލިފާން ރޯވީ ނަސަންދުރާގެ އިރުމަތިން އެއްކޮށްފައިވާ ކުނިތަކެއްގައި

ބާސެލޯ ނަސަންދުރާގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ބާސެލޯ ނަސަންދުރާގެ އިރުމަތީ ފަރާތުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މާ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަލިފާން ނިއްވާލާފައިވީ ނަމަވެސް، އެ ސަރަހައްދުގައި މިހާރުވެސް ދުމުގެ އަސަރު އެބަހުރިއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައި ނުވެއެވެ.