ދީން

ޙައްޖާޖީން އެއަރޕޯޓަށް ދިއުމުގެ އިންތިޒާމް ސަރުކާރުގެ ޚަރަދުގައި


މިއަހަރު ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ ޙައްޖާޖީން އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައި ހަމަޖައްސަވައިފިއެވެ.

އިސްލާމިކް  މިނިސްޓްރީން ވިދާޅުވިގޮތުގައި ޙާއްޖާޖީން އެއަރޕޯޓަށް ދިއުމަށްޓަކައި ޙައްޖު ޖަމާޢަތްތަކުން ކަނޑައަޅާފައިވާ ގަޑިތަކަށް ޖަމާވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒަށްކަމަށެވެ. އަދި އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ފެރީގައި ކޮންމެ ޙައްޖާޖީއަކާއެކު 3 މީހުންނަށް ހިލޭ ދެވޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާކަމަށެވެ.

މާދަމާއިން ފެށިގެން ދިވެހި ޙައްޖާޖީން ޙައްޖަށް ދިއުމަށްޓަކައި ފުރަން ފަށާނެއެވެ.

img:http://s1.psmnews.mv/images/660x400/14711880806536.jpg|

img:http://s3.psmnews.mv/images/660x400/14711880927153.jpg|

img:http://s4.psmnews.mv/images/660x400/14711881020888.jpg|

img:http://s4.psmnews.mv/images/660x400/14711881261808.jpg|