ޚަބަރު

އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން ފުރަތަމަ ހަފްތާގެ ޗެމްޕިއަންކަން ނަބާ އާއި މަންހާއަށް


މާލޭގައި ބާއްވާ ދެވަނަ އޭޓީއެފް ޓެނިސް މުބާރާތްކަމަށްވާ އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ގެ ފުރަތަމަ ހަފްތާގެ އަންހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ރާއްޖޭގެ
ދެކުޅުންތެރިން ހޯދައިފިއެވެ.

ފުރަތަމަ ހަފްތަަގެ ނިމުން ފާހަގަކޮށް ވަނަތައް ހޯދި ކުޅުންތެރިންނަށް އިނާމު ދިނުމަށްވަނީ މާލޭ ޓެނިސް ސެންޓަރުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢުއެވެ.

16 އަހަރުން ދަށުގެ ކުޅުންތެރިންނަަށް ހާއްސަ މި މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ނަބާ ނިޝާންއެވެ.

މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ނަބާ ނިޝާން އައި މަންހާ މުހައްމަދު އަލީއެވެ.

ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސްރީލަންކާގެ ކުބެރަނެ މަޔޫރަންއެވެ. ފިރިހެން ޑަބަލްސް ކެޓަގަރީގެ އެއްްވަނަ ހޯދީ ސްރީލަންކާގެ ދެ ކުޅުންތެރިންކަމަށްވާ ކުބެރަނެ މަޔޫރަން އާއި ނަޤީބް ހުސެއިންއެވެ.

އަންހެން ސިންގަލްސްގެ ރަނަރަޕްކަން ހޯދީ ކިޔާރާ އުސާމާ އަލީއެވެ. އަންހެން ޑަބަލްސްގެ ރަނަރަޕްކަން ހޯދީ އަޒިތާ އައިޝާ ޔާމީން އާއި މަލްޝާ މުހައްމަދުގެ ޕެއާއެވެ.

ފިރިހެން ސިންގަލްސްގެ ރަނަރަޕްކަން ހޯދީ އިންޑިއާގެ މާދަވް ޑަދިތްއެވެ. އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ރަނަރަޕްކަން ހޯދީ ރާއްޖޭގެ އާދަމް އާލް ނިޔާޒް އާއި ބްރެޒިލްގެ ޑެނިއަލް ކަރްވަލޯ ބެކާގެ ޕެއާއެވެ.

އެކި ގައުމުތަކުގެ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި 18 ފިރިހެން ކުޅުންތެރިންނާއި 13 އަންހެން ކުޅުންތެރިން ވާދަކުރެއެވެ.

މި މުބާރާތުގެ ދެވަނަ ހަފްތާގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރުގައެވެ.