ކުލަބު މޯލްޑިވްސް ކަޕް 2025ގައި ޓީމުތައް ހިމެނޭ ގުރޫޕުތައް ކަނޑައަަަޅައިފިއެވެ.
ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައެވެ. ކުލަބު މޯލްޑިވްސް ކަޕްގައި ޖުމްލަ 24 ޓީމަކުން ވާދަކުރާއިރު ޓީމުތައް ބަހާލާފައިވަނީ 6 ގުރޫޕަކަށެވެ.
ގޫރޫޕް އޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، އެމްއޭސީއެލް، އިމިގްރޭޝަން އަދި ބަރޮސްއެވެ. ގުރޫޕް ބީގައި ހިމެނެނީ އާރްއާރްސީ، އެސްޓީއޯ ރެކްރިއޭޝަން ކުލަބު، ކުލަބު ފެން އަދި ސީއާރްސީ އެވެ.
ގުރޫޕް ސީގައި ހިމެނެނީ ސްޓެލްކޯ، ކުލަބު އެޗްޑީސީ، އުރީދޫ އަދި އެމްޓީސީސީއެވެ. ގުރޫޕް ޑީގައި ހިމެނެނީ މޯލްޑިވިއަން، އެފްއެސްއެމް، ޕްރިޒަން އަދި ފެނަކައެވެ.
ގުރޫޕް އީގައި ހިމެނެނީ އެމްޕީއެލް، ދިރާގު، ޕޮލިސް ކުލަބު އަދި އެވްސެކްއެވެ. ގުރޫޕް އެފްގައި ހިމެނެނީ ވެމްކޯ، ބީއެމްއެލް، ކްލަބް ޓީޓީއެސް އަދި ގޭސް ރެކްރިއޭޝަން ކުލަބެއެވެ.
ގުރު ނެގުމުގެ ރަސްމިއްޔާތުގައިވަނީ ކުލަބު މޯލްޑިވްސް ކަޕްގެ ޓްރޮފީވެސް ދައްކާލާފައެވެ.
ކުލަބު މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ޓާފްގައެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީއާއި ޕީއެސްއެމް އެއާރ މެދުވެރިކޮށް ވަގުތުން ގެނެސްދެވޭނެއެވެ.