ތަޢުލީމު

އުލިގަމު ސްކޫލްގައި ޢިމާރާތްކުރާ ކްލާސްރޫމްތައް މިއަހަރު ނިމޭނެ


ހއ.އުލިގަމު ސްކޫލްގައި އަލަށް ޢިމާރާތް ކުރާ 2 ކުލާސްރޫމްގެ މަސައްކަތް މިއަހަރު ނިންމާ، އަންނަ އަހަރުގެ ދިރާސީ އާހަރުގައި ބޭނުން ކުރެވޭވަރުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމް.ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ޢިސްމާޢީލް ޢަލީ ވިދާޅުވީ މި ސްކޫލްގެ މަސައްކަތް ނިންމައި ނޮވެމްބަރުމަހުގެ ތެރޭގައި އެމިނިސްޓްރީއާއި ސްކޫލް ޙަވާލުކުރައްވާނެކަމަށެވެ.

މިސްކޫލަކީ ސަރުކާރުގެ ބަޖެޓުން ޢިމާރާތް ކުރައްވާ ސްކޫލެކެވެ. ދެ ކުލާސްރޫމްގެ މަސައްކަތް ނިންމައި، ބޭނުން ކުރަން ފެށުމުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ޙައްލެ ލިބިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ލަފާކުރައްވައެވެ.

މި ސްކޫލުގައި ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ދިހަޔަކަށް ދަނީ ކިޔަވައިދެއްވަމުންނެވެ. އުލިގަމު ސްކޫލްގައި 76 ކުދިން ދަނީ ތަޢުލީމު ޙާސިލް ކުރަމުންނެވެ.