 
										
			ޝަރީޢަތް ހިނގަމުންދާ މައްސަލައެއްގައި ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. 
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. 
މި މައްސަލައިގެ ތުހުމަތުގައި އިތުރު 2 މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. 
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.