ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ ކްލަސިކްގެ ސެމީ ފައިނަލުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ޕްރިޒަން ކްލަބް، ހެލްތު ރެކްރިއޭޝަން ކްލަބް އަދި ޓީމު އެމްއޭސީއެލުން ޖާގަ ހޯދައިފި އެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކަށް ބަލާއިރު، އެމްއޭސީއެލް އިން ވަނީ 10-0 އިން ޓީމު ބަދަހި ބަލިކޮށްފަ އެވެ. ސްޓެލްކޯ އިން 1-0 އިން އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރިހޯދިއިރު، ޕްރިޒަން އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރީ 3-0 އިންނެވެ. އަދި، ހެލްތުން ވަނީ 4-1 އިން ކުޅިވަރު ވުޒާރާ ކްލަބް ބަލިކޮށްފަ އެވެ.
މި މުބާރާތުގައި ސެމީގައި ވާދަކުރާ ޓީމު ތަކުގެ ތެރެއިން ސްޓެލްކޯ ފިޔަވާ އަދި އެއްވެސް ޓީމެއް މުބާރާތުން ބަލިވެފައެއް ނުވެއެވެ. މުބާާރާތުގެ ސެމީ ފައިނަލް މެޗުތައް އޮތީ ހޮނިހިރު ދުވަހުގެރޭއެވެ. ފުރަތަމަ ސެމީގައި، ޕްރިޒަން އާއި ހެލްތު ކުޅޭއިރު، ދެވަނަ ސެމީގައި އެމްއޭސީއެލް އިން ސްޓެލްކޯއާ ބައްދަލުކުރާނެ އެވެ.