ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ޙަމަލާ ބަދަލުކުރުމަށް ބޭނުން ކުރަމުންދިޔަ ޑްރޯންތަކެއް މަގުން ނައްޓާަލައި ބެލަރުސްއާއި ޕޮލެންޑުގެ ވައިގެ ސަރަޙައްދުގެ ތެރެއަށް ވަދެފިއެވެ.
ބެލަރުސްސުން ބުނީ އިލެްކްޓްރޯނިކް ޖޭމިންގެ ސަބަބުން އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ފެތުރިގެން ދިޔަ ޑްރޯންތަކެއް އެ ޤައުމުގެ އަސްކަރިއްޔާއިން ވައްޓާލާފައިވާ ކަމަށެވެ. އެއީ ކޮން ޤައުމަކަށް ނިޞްބަތްވާ ޑްރޯންތަކެއް ކަމެއް ބެލަރުންސްސިން ހާމަކޮށްފައެއް ނުވެއެވެ. ޑްރޯންތަކެއް މަގުން ނެއްޓި ގޮސްފައިވާ ކަމަށާއި ޕޮލެންޑާއި ލިތުއޭނިޔާއާ ދިމާލަށް ޑްރޯންތައް ދަތުރުކުރަމުންދާ ކަމަށް ބެލަރުސްއިން އެ ޤައުމުތަކަށް އަންގާފައިވެއެވެ.
ޕޮލެންޑުން ބުނީ ގިނަ ޢަދަދެއްގެ ޑްރޯން އެ ޤައުމުގެ ވައިގެ ސަރަޙައްދުތެރެއަށް ވަދެފައިވާ ކަމަށާއި، އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިވާފަދަ ހުރިހާ ޑްރޯނެއް އެ ޤައުމުން ވައްޓާލާފައިވާ ކަމަށެވެ. ޑްރޯންތައް އެ ޤައުމާ ދިމާލަށް މިސްރާބު ޖަހަމުންދާކަން ދުރާލާ އަންގާފައިވާތީ އެ ކަމަށް ތައްޔާރުވާން ފުރުޞަތު ލިބުނު ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.
ޕޮލެންޑަކީ ވިލާތުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމެކެވެ. މިއީ ނޭޓޯއަށް ނިޞްބަތްވާ ޤައުމަކުން ރަޝިޔާާއާއި ޔޫކްރެއިން ހަނގުރާމަ ކުރަމުން ދަނިކޮށް ޙަމަލާއެއް ދީފައިވާ ފުރަތަމަ ފަހަރެވެ.
ރަޝިޔާއިން ބުނީ ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލުމުގެ ހާދިޘާއާ އެ ޤައުމާ ގުޅުމެއް ނެތް ކަމަށެވެ. ޕޮލެންޑުގެ ޚާރިޖީ އިސް ބޭފުޅަކު ވިދާޅުވީ ޑްރޯންތައް އައިސްފައި ވަނީ ޔޫކްރެއިންއާ ދިމާލުން ކަމަށެވެ.