ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އޭދަފުށީ ބެޑްމިންޓަން ކަޕް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ މި މަހުގެ 19 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއަށެވެ.
މި މުބާރާތުގައި އަންހެން ސިންގަލްސް، ފިރިހެން ސިންގަލްސް އަދި އޯޕަން ކެޓަގަރީ ހިމެނެއެވެ. އަދި ޓީމު އިވެންޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ޖޫނިއާ ކެޓަގަރީއަށެވެ.
އޭދަފުށި ބެޑްމިންޓަން ކަޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ސެޕްޓެމްބަރ 12 ވާ ހުކުރު ދުވަހުގެ 23:59 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.