ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ކައުންޓަރުގެ ޚިދުމަތް މިމަހުގެ 7ވަނަ ދުވަހުން ފެށިގެން ލިބޭނީ މ. އުތުރުވެހި، 6 ވަނަ ފަންގިފިލާއިންކަމަށް އެކުންފުނިން އެއެޖެންސީން ވިދާޅުވެއްޖެއެވެ.
ކެނެރީމަހުގައި ހުންނަ މ. އުތުރުވެއްސަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން ހިންގި އިމާރާތެވެ.
ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގާ އިދާރާއެވެ.
- ބޭސް ފަރުވާގެ އެހީ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ
- ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ
- އިޖްތިމާޢީ ސިއްޙީ އިންޝުއަރަންސް ސްކީމް
އެންސްޕާގެ ޚިދުމަތް މިހާރު ދެމުން އަންނަނީ، ހަވީރީ ހިނގުމުގައި ހުންނަ މޫކައި ސުއިޓްސް އިމާރާތުގެ 4ވަނަ ފަންގިފިލާގައެވެ. ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރު 14:00އަށް އެ އެޖެންސީއިން ޚިދުމަތް ފޯރުކޮށްދެއެވެ.