ޚަބަރު

ކޮލަމާ ބޯޓު ފެނިއްޖެ، ބޯޓު ކެޕްޓަން ހޮސްޕިޓަލަށް ގެންދަނީ


  • މިކަން ރިޕޯޓުކުރީ މިއަދު މެންދުރު 1:25 އެހާކަންހާއިރު

  • ބޯޓުގެ ކެޕްޓަނަށް ވެގެން އުޅޭ ގޮތެއް ހާމަކޮށްފައެއް ނުވޭ

ގެއްލިގެން ހޯދަމުންދިޔަ "ކޮލަމާ" ބޯޓު" ފެނިފައިވާކަމަށާއި، އެ ބޯޓުގެ ކެޕްޓަނަށް ފަރުވާދިނުމަށް ގެންދިއުމަށް ދަތުރުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ މާލެއިން ފުރައިގެން ގއ. ކޮލަމާފުއްޓަށް ދަތުރުކުރި "ކޮލަމާ" ބޯޓެވެ. އެ ބޯތު ގެއްލިގެން ރިޕޯޓްކޮށްފައިވަނީމިއަދު މެންދުރު 13:25 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ކޮލަމާ ބޯޓު ފެނިފައިވަނީ އެކެފަރަ ސަރަހައްދުންކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށާއި، ބޯޓުގެ ކެޕްޓަން ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ދަތުރުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް ބޯޓު ގެއްލުނީ ކީއްވެގެންކަަމާއި، ބޯޓު ކެޕްޓަނަށް ދިމާވި ސިއްޙީ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަނުކުރައްވައެވެ.