ތަޢުލީމު

މުޖުތަމަޢު ބިނާކުރުމުގައި ކޮންމެ ކުއްޖެއްގެވެސް ދައުރެއް އޮންނާނެ


މުޖުތަމަޢު ބިނާކުރުމުގައި ކޮންމެ ކުއްޖެއްގެވެސް ދައުރެއް އޮތްކަން ޤަބޫލުކުރުމަށާ، އެ ދައުރަކީ މުޖުތަމަޢު ބިނާކުރަނިވި ކަންތައް ކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

އޯލެވެލް އިމްތިހާނުން ދެހާސް ފަނަރަވަނަ އަހަރު ހުރިހާ މާއްދާއަކުން އޭ ފާސްހޯދައިގެން ޓޮޕްޓެންގެ އެއްވަނައިގައި ހިމެނުނު 74 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވުމަށް ބޭއްވި ޖަލްސާގެ ޝަރަފްވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ވިދާޅުވީ ދެހާސްފަނަރަވަނަ އަހަރުގެ އޯލެވެލް ނަޠީޖާތަކަށް ބަލާއިރު ރާއްޖޭގައި، ދުނިޔޭގެ ނިޞްބަތުން ބަލާއިރުވެސް ތޫނުފިލި ދަރިވަރުންތަކެއް ތިބިކަން އެނގިގެން ހިނގައްޖެކަމަށެވެ. މިގޮތުން ކެމްބުރިޖް އިމްތިހާނަކީ ދުނިޔޭގެ ސަތޭކަ އެތައް ޤައުމަކުން އެތައް ހާއްސަ ކުދިން ހަދަމުންދާ އިމްތިހާނަކަށްވާއިރު ރާއްޖެފަދަ ކުޑަކުޑަ ޤައުމުތަކުން ދުނިޔޭގެ އެންމެމޮޅު ދިހަވަނައިގައި ސާޅީސް ކުއްޖަކު ހިމެނިގެންދިއުމަކީ ފާހަގަކޮށްނުލާ ދޫކޮށްލެވޭނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިނަޠީޖާތައް އެއްއަހަރުން އަނެއް އަހަރަށް ކުރިއަރަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14708928124685.jpg|އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ދަރިވަރަކަށް ރައީސް އިނާމް ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްކޫލް ނިންމާ ކުދިންނަކީ ލާމަސީލު ޝަހުސިއްޔަތުތަކެއްގެ ގޮތުގައި އެހެން މީހުންނަށް ނަމޫނާ ދައްކައިދޭ ބަޔަކަށް ވާން އެބަޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި، ކިޔަވާ ކުދިންގެ ފަރާތުން ދިވެހިރާއްޖެއަށް އަބަދުވެސް ބޭނުންވަނީ، ދިވެހިރާއްޖޭގެ އުއްމީދީ، ތަޢުލީމީ ދަންމަރު ހިފައިގެންދާނެ ޖީލެއް އޮތުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކިޔަވާ ކުދިން ވިސްނަންވީ މުހިންމު ތިން ކަމެއް ފާހަގަކުރެއްވިއެވެ. މިގޮތުން، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އަމިއްލަ ހުނަރު ދެނެގަތުމަށާއި، ކުރާ ކޮންމެ ކަމެއްގައި ކާމިޔާބާ ހިސާބަށްދާން ވަރުގަދަ އަޒުމަކާއެކު އިންތިހާއަށް މަސައްކަތްކުރުމަށާއި، ތަޢުލީމު އުނގެނުމަށްފަހު އޭގެ ބޭނުން އަމަލީގޮތުން ހިފައި މުޖުތަމަޢުގައި ބޭނުން ހިފޭ ކުއްޖަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

img:http://s1.psmnews.mv/images/660x400/14708927657573.jpg|އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ދަރިވަރުންނަށް އިނާމް ދިނުމަށް ބޭއްވި ޖަލްސާގެ ތެރެއިން

"މަތީ ތައުލީމަށް ދާންއުޅޭ މުސުމަކީ ތިންކަމެއް ވަރަށް ބޮޑަށް ތިކުދިން ޕާސިވް ކުރާނެ.. ނުވަތަ ތިޔަކުދިންގެ މައިންޑަށް ޑިސްޓާބު ކުރާނެ ތިންކަމެއް އުޅޭނެ.. އެއްކަމަކީ ދެންމެ މުބުނި ވާހަކަ ކޮބައިހޭ އަހަރެންގެ ސްޓްރެންތަކީ...ކޮބައިހޭ މަގޭ ޕެޝަނަކީ ބޭސްޑް އޮން މައި ސްޓްރެންތް....މަތީ ތައުލީމު ހާޞިލްކުރާއިރު ކޮންކަހަލަ މާއްދާތަކެއްތޯ ކިޔަވަން ބޭނުންވަނީ އެކުއްޖެއްގެ ސްކިލް އެކުއްޖެއްގެ ޕެޝަން އަދި އެކުއްޖަކަށް ކާމިޔާބުކުރެވޭނެ ކަމަށް ޤަބޫކުކުރެވޭ މާއްދާތަކެއް ސްޓްރެންތްތަކެއް ހުންނާނެ. އެކުއްޖެއްގެ އަމިއްލަ ވިސްނުމާ، އެކުއްޖަކަށް ކައުންސިލިން ދޭނެ މެންޓޯއަކާ އަދި އެކުއްޖެއްގެ މައިންބަފައިނާ ޓީޗަރުން އެހީތެރިވާނެ. އެހެންވީމާ ކޮންމެ ކުއްޖަކަށްވެސް ކޮންމެވެސް ވަރެއްގެ މެންޓޯއެއް ހޯދުން ވަރަށް މުހިންމުކަމަކަށް ވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މީގެ އިތުރުން، އިހުތިރާމް ލިބޭނީ އިހުތިރާމް ކުރަން ދަސްކޮށްގެން ކަމުގައި ވިދާޅުވެ، ކޮންމެ ކުއްޖަކީވެސް އަނެކާއަށް އިހުތިރާމްކުރަން އާދަވެފައިވާ ކުއްޖަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.