ޚަބަރު

އައިޓީއެފް މޯލްޑިވްސް އޯޕަން ޖޭ30: އެންމެ މަތީ ރޭންކުގެ ކުޅުންތެރިޔާ އަތުން މަންހާއަށް ތާރީޚީ މޮޅެއް


މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025، ޖޭ30 ޓެނިސް މުބާރާތުގައި ވާދަކުރާ އެންމެ ރޭންކިން ރަނގަޅު ކުޅުންތެރިޔާ އަތުން ރާއްޖޭގެ މަންހާ މުޙައްމަދު ޢަލީ މޮޅުވެއްޖެއެވެ.

ކަޒަކިސްތާނުގެ ޓަމަރާ އެރްމަކޯވާ އަތުން މަންހާ މޮޅުވީ 2-1 ސެޓުންނެވެ. މިއަދު މެއިން ޑްރޯގައި ކުޅުނު މެޗެއްގައި މަންހާ ކަޒަކިސްތާނުގެ ކުޅުންތެރިޔާއާއި ވާދަކޮށް ފުރަތަމަ ސެޓް ކާމިޔާބުކުރީ 7-6 އިންނެވެ. ދެވަނަ ސެޓު އެރްމަކޯވާ ކާމިޔާބުކުރީ 6-0 ންނެވެ. އެހެންނަމަވެސް ތިންވަނަ ސެޓްގައި މަންހާގެ ކުޅުން ރަނގަޅުކޮށް ވަނީ 6-4 އިން ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި ވާދަކުރާ ދިވެހިން ކުޅުންތެރިން މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު މިއަދު ކުޅުނު މެޗުތަކުގެ ތެރެއިން ނަބާ ނިޝާން ވަނީ އިންޑިޔާގެ ޖާނަވީ ޗޯދްރީ ބަލިކޮށްފައެވެ. އަދި ނަޔާރާ އުސާމާ އަލީ ވަނީ ރަޝިޔާގެ ވެރޮނިކާ ބަލިކޮށްފައެވެ.