ކުޅިވަރު

އޮލިމްޕިކްސް ފުރަތަމަ ބުރުން ޖޮކޮވިޗް ކަޓައިފި


އޮލިމްޕިސް ފުރަތަމަ ބުރުން ޖޮކޮވިޗް ކަޓައިފިއެވެ. ދުނިޔޭގެ އެއް ނަމްބަރ ޓެނިސް ކުޅުންތެރިޔާ ސަރބިއާގެ ނޮވަކް ޖޮކޮވިޗް އޮލިމްޕިކްސްއިން ކަޓާފައިވަނީ ހުއާން މާޓިން ޑެލް ޕޮތްރޯ އާ ވާދަކޮށެވެ. 

ދެ ގަޑިއިރާ ތިރީސް މިނެޓަށް ދެމިގެންދިޔަ މިމެޗްގެ ސެޓްތައް ޑެލްޕޮތްރޯ ގެންގޮސްފައިވަނީ  6-7 އަދި 6-7 ންނެވެ. މެޗަށްފަހު ޖޮކޮވިޗް ބުނީ މިއީ ހޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ނާކާމިޔާބީ ކަމަށެވެ. 29 އަހަރުގެ ޖޮކޮވިޗް ގޭމްސްއާ ކުރިމަތިލީ މިދިޔަ ހަފްތާގައި ޓޮރޮންޓޯ މާސްޓަރސް ޓެނިސް މުބާރާތް ކާމިޔާބުކުރުމަށްފަހުއެވެ. 

މެޗުން މޮޅުވި ޑެލް ޕޮތްރޯ ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ޕޯޗްގަލްގެ ޖާއޯ ސޫސާއާއެވެ. އަނިޔާގެ ސަބަބުން މިދިޔަ ދެއަހަރު ގިނަ މުބާރާތްތަކެއް ގެއްލިފައިވާ ޑެލްޕޮތްރޯގެ ރޭންކިންއަކީ މިހާރު ދުނިޔޭގެ 141 ވަނައެވެ. މެޗަށްފަހު ޑެލްޕޮތްރޯ ބުނީ މުބާރާތެއް ފެށުމަށް މިއަށްވުރެ ރަނގަޅު މެޗެއް ނުލިބޭނެ ކަމަށެވެ.