ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ދޯނީގެ ޚަބަރެއް ވެއްޖެ


ގެއްލިގެން ހޯދަމުންދިޔަ "ޒިކުރާ" ދޯނީގެ ޚަބަރެއް ވެއްޖެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ދޯނި މިހާރު އޮތީ ރ. އަލިފުށީގެ 17 މޭލު ބޭރުގައިކަަމަށާއި ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް ގުޅައި މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

97 ފޫޓުގެ މި ދޯނި މަސްވެރިކަމަށް ނިކުމެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބ.އަތޮޅުންކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތުދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.