އިޓަލީގެ ނަޕޮލީ އަށް ކުޅެމުންދިޔަ އެ ޓީމުގެ ފޯވަޑް ޖިއާކޯމޯ ރަސްޕަޑޯރީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި އެވެ.
އުމުރުން 25 އަހަރުގެ ރަސްޕަޑޯރީ އެތްލެޓިކޯ މެޑްރިޑަށް ސޮއި ކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 26 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީ އަކަށެވެ. 2022 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޮލީ އާއި ގުޅުމުގެ ކުރިން އޭނާ ކުޅެފައިވަނީ ސަސުއޯލޯ އަށެވެ.
ރަސްޕަޑޯރީ ވަނީ ނަޕޮލީ އާއިއެކު އޭނާ ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކްލަބުން ސެރިއާގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނަޕޮލީ އަށް އޭނާ ކުޅުނު 88 މެޗުގައި ވަނީ 13 ގޯލު ޖަހާފަ އެވެ.
އިޓަލީގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ރަސްޕަޑޯރީ ވަނީ ގައުމީ ޓީމަށް ކުޅުނު 40 މެޗުގައި 9 ގޯލު ޖަހާފަ އެވެ.