ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށްވެސް ކަރަންޓުދީފިއެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:30 ކަންހާއިރުއެވެ.
މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓުދޭން ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށްވެސް ކަރަންޓުދީފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގްރިޑް މިހާރު އެނަޖައިޒް ކުރެވިފައިވާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.
މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވެއެވެ.