ޚަބަރު

ވަޒިފާއާބެހޭ ޓްރައިބިއުނަލަށް 2 މެމްބަރަކު އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް 2 ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޤާމަށް ރައީސް އައްޔަން ކުރެއްވީ ގއ.ގެމަނަފުށީ އޯކިޑުމާގޭ އާދަމް ޒާލިފާއި ރ. އަލިފުށީ ނިއޯލައިން މަރްޔަމް ރިޝްފާއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ 2 ބޭފުޅުންނަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާކުރެއްވުމާއެކު ރައީސް ވަނީ އެ 2 ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އެ ދެ ބޭފުޅުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ، އެ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި އިދުރީސް އިސްމާޢީލާއި ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ޢަލީ މަޤާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.