ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެލުކަވާލި ކޮމިޓީތަކުގެ ތެރެއިން އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ޗެއާމަނަކަށް އެ އިދާރާގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުރުންތެރިޔާ މުޙައްމަދު އުމެއިރު ހަމަޖައްސައިފިއެވެ.
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި މި ކޮމިޓީ އެކުލަވާލާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމަށްފަހު ވަނީ ގްރާސްރޫޓް މަސައްކަތްތައް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމުގެ މަސައްކަތް އެ ކޮމިޓީއާއި ހަވާލުކޮށްފައެވެ.
އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އޮޑި ސްޕޯޓްސް ކުލަބުގެ ފަރީދު މުހައްމަދެވެ. މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ނިއުރޭިއަންޓްގެ ޒަހީނުއްދީނާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހައްމަދު އަރީފެވެ. މިއީ ގްރާސްރޫޓް ލެވެލްގެ ޕްރޮގްރާމްތައް ހިންގާ ހަގު އުމުރުފުރައިގެ ކުދިން ފުޓްބޯޅައަށް ތަމްރީނުކުރުމުގައި ހަރަކާތްތެރިވާ ކޯޗުން ހިމެނޭހެން އެކުލަވާލާފައިވާ ވަރަށް މުހިންމު ކޮމިޓީއެކެވެ.
ރާއްޖޭގައި ގްރާސް ރޫޓް ލެވެލްގެ ފުޓްބޯޅަ އިތުރަށް ވަރުގަދަކޮށް ގައުމީ ޓީމުތަކާއި ހަމައަށް އަންނަ ކުދިންނަށް ގައުމީ ލެވެލުގައި ޕާފޯމް ކުރުމުގެ ފުރުސަތުތައް އިތުރުކޮށްދީ އެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށްދިނުމަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެފްއޭއެމުން މަސައްކަތް ކުރާނެއެވެ.