ދުނިޔެ

ސިންގަޕޫރުގެ ރައްޔިތުން ސަމާލުވެ ތިބުމަށް ގޮވާލައިފި


ސިންގަޕޫރަށް ޙަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އިންޑޮނީޝިޔާއިން ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ސަމާލުވެ ތިބުމަށް ސިންގަޕޫރުން އެޤައުމުގެ ރައްޔިތުންނަށް ގޮވާލައިފިއެވެ.

ސިންގަޕޫރުގެ ދާޚިލީ ވަޒީރު ކޭ ޝަންމޫގާމް ވިދާޅުވީ އިންޑޮނީޝިޔާއިން ހައްޔަރުކުރި މީހުން ރާވާފައިވަނީ ސިންގަޕޫރުގެ މެދުތެރޭގައިވާ މެރީނާބޭ އަށާއި ސިންގަޕޫރުގެ މުހިއްމު ބައެއްތަންތަނަށް ރޮކެޓުން ޙަމަލާދިނުމަށްކަމަށާ އެޙަމަލާ ކާމިޔާބުވިނަމަ އެތައްބަޔަކު މަރުވުމުގެ ފުރުޞަތު ބޮޑުކަމަށެވެ.

ސިންގަޕޫރަށް ޙަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އިންޑޮނީޝިޔާއިން 6 މީހަކު ހައްޔަރުކޮށްފައިވެއެވެ. މިމީހުން ނިސްބަތްވަނީ ޙައްދުފަހަނަޅާފައިވާ އައިއެސް ޖަމާޢަތަށްކަމަށް ބެލެވޭކަމަށް އިންޑޮނީޝިޔާގެ ފުލުހުން ބުނެއެވެ.