ޚަބަރު

އައިޔޫސީއެން މޯލްޑިވްސްގެ "މުރަކަ މީހުން" ކެމްޕެއިން


ދިވެހިންނާއި، މުރަކަތަކާއި އޮންނަ ގުޅުމާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، "މުރަކަ މީހުން" މި ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. img:http://s1.psmnews.mv/images/660x400/14704228789290.jpg|މުރަކަ މީހުން ކެމްޕެއިންގެ ތެރެއިން - ފޮޓޯ: އީޕީއޭ

މި ކެމްޕޭނަކީ، ޔޫ.އެސް.އޭ.އައި.ޑީގެ އެހީގައި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ކެމްޕޭނެކެވެ. ކެމްޕޭން ފެށުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދު ވަނީ މި ކެމްޕޭން ޕްރޮމޯޓް ކުރުމުގެ ގޮތުން ޚާއްޞަ ހަވީރެއް ކުރިޔަށް ގެންގޮސްފައެވެ. img:http://s4.psmnews.mv/images/660x400/14704229348021.jpg|މުރަކަ މީހުން ކެމްޕެއިންގެ ތެރެއިން - ފޮޓޯ: އީޕީއޭ

މިއަދު ކުރިޔަށްގެންދިޔަ މި ހަވީރުގައި 12 މުއްސަސާއަކުން، ސްޓޯލްތައް ބައިވެރިކޮށްފައިވެއެވެ. ކެމްޕޭނާ ގުޅޭގޮތުން އައި.ޔޫ.ސީ.އެންގެ ކޮމިއުނިޓީ އައުޓްރީޗް އޮފިސަރ މުންޝިދާ އިބްރާހީމް ވިދާޅުވީ، ކެމްޕޭން އަމާޒު ކުރައްވާފައިވަނީ އާންމުގެ ހޭލުންތެރިކަން އިިތުރުކޮށް ފަރުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްްކަތްތައް އިތުރު ކުރުމުގެ މަޤްސަދުގައިި ކަމަށެވެ. img:http://s4.psmnews.mv/images/660x400/14704233135430.jpg|މުރަކަ މީހުން ކެމްޕެއިންގެ ތެރެއިން - ފޮޓޯ: އީޕީއޭ

މުރަކަމީހުން ކެމްޕޭނުގެ މަޢުލޫމާތު އައިޔޫސީއެން މޯލްޑިވްސްގެ ފޭސްބުކް ޕޭޖުންނާއިި ޓްވިޓަރ އެކައުންޓުން ފެންނަށް ހުންނާނެ ކަމަށާއި، މުރަކަ ހިމާޔަތް ކުރަން ކުރަމުންދާ މަސައްކަތްތައް ސޯޝަލް މީޑިޔާގައި ހިއްސާކުރާނަމަ، ހޭޝްޓެގް މުރަކަމީހުން murakameehun# ޖެއްސެވުމަށް ފަހު، މި ކެމްޕޭން ފުޅާކޮށްދެއްވުމަށް މުންޝިދާ ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ. މި ކެމްޕޭންގައި ތިމާވެއްޓާ ބެހޭ ވުޒާރާއާއި، އީ.ޕީ.އޭ އާއި، މެރިން ރިސަރޗް ސެންޓަރާއި، ޔޫ.އެން.ޑީ.ޕީ ފަދަ މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ.