ޚަބަރު

ކ.ވާދޫ ބޭރުން ފަރަށް އެރި ލޯންޗެއް ފުންކުރުމުގެ މަސައްކަތް


ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަރަށް އެރުމުން، ފުލުހުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގައި ލޯންޗުން ދަތުރުކުރި 3 މީހުންގެ ޙާލުވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ދިވެއްސަކާއި 2 ބިދޭސީން ކަމަށް މަޢުލޫމާތު ލިބެއެވެ.

މިހާދިސާގައި ލޯންޗުން ދަތުރުކުރި މީހުންނަށް އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޯސްޓުގާޑުންގެ އިތުރުން ފުލުހުންގެ މެރިން ޕޮލިހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިހާދިސާގައި ފަރަށްއެރި ލޯންޗު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުޤީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.