ޚަބަރު

އެމްއެންޑީއެފުން ހިންގާ ލީޑަރޝިޕް ޑިވެލޮޕްމެންޓް ޕްރޮގްރާމް


އެމްއެންޑީއެފް މާލެ އޭރިއާއިން އދ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ގެ ދަރިވަރުންނަށް ސްޓޫޑެންޓް ލީޑަރޝިޕް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.

މި މަހު 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ހިންގޭ މި ޕްރޮގްރާމްގައި އެ ސްކޫލުގެ ގްރޭޑް 8، 9، 10، 11 އަދި 12 ގައި ދަރިވަރުން ހިމެނޭއިރު، މި ގްރޭޑް ތަކުން ޖުމްލަ 88 ދަރިވަރުން ވަނީ ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ދަރިވަރުންނަށް އުނގަންނައިދެވޭ ބައިތަކުގެ ތެރޭގައި އިސްލާމީ އަޤީދާއާއި ހަށިގަނޑުގެ ތަރުބިއްޔަތާއި އެއް ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމާއި އިސްނެގުމާ ޒިންމާ ނެގުމުގެ ހުނަރުގެ އިތުރުން ކަންކަމުގެ އަގުވަޒަންކުރުމާއި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުން ހިމެނޭ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. img:http://s3.psmnews.mv/images/660x400/14703979439533.jpg|އެމްއެންޑީއެފުން ބޭއްވި ލީދަރޝިޕް ޓްރެއިނިންގ - ފޮޓޯ: އެމްއެންޑީއެފް

މި ޕްރޮގްރާމް ހިންގުމުގައި އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން އެމްއެންޑީއެފް މާލެ އޭރިއާ އަށް ލިބިފައިވެއެވެ. ސްކޫލުގެ މެނޭޖްމަންޓް އާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ފަރާތުން މި ޕްރޮގްރާމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެމްއެންޑީއެފް މާލެ އޭރިއާއިން އދ. މަހިބަދޫގައި ހިންގާ މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިންނެވެ.