ޚަބަރު

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިއްޖެ


ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ. 

އެމްއެންޑީއެފުން މަޢުލޫމާތުދެއްވާ ގޮތުގައި ޙަބަރެއް ނުވެގެން ހޯދަމުންދަނީ 97 ފޫޓުގެ " ޒިކުރާ " ނަމަކަށް ކިޔާ ދޯންޏެކެވެ. އަދި އެދޯނި މަސްވެރިކަމަށް ނިކުމެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބ. އަތޮޅުންކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދެއްވާ އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތުދެއްވައެވެ. 

މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 މިނަމްބަރު ފެކްސްކުރެއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގެންނަވައެވެ.