ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރިޙާން މިރެކޯރޑް އާކޮށްފައިވަނީ 02:25.20 އިން ރޭސް ނިންމައިގެންނެވެ.
މިއިވެންޓުގެ ޤަައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ރިޙާންއެވެ. އެއީ، 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 02:28.17 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.