ޚަބަރު

ޑރ. ޖަމީލް 14 ދުވަހުގެތެރޭގައި ޕޮލިހަށް ހާޟިރުވާން އަންގައިފި


ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލު އަޙުމަދާއި ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްކަމަށްވާ އަކުރަމް ކަމާލުއްދީން 14 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުވުމަށް އަންގަވައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ ޏ.ފުވައްމުލައް، ދޫޑިގަން. އީސްޓުލައިޓް، ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދާއި ކ.މާލެ، އެވަރލާސްޓް، އަކްރަމް ކަމާލުއްދީނަކީ ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޕޮލިހަށް ޙާޟިރުކުރުމަށް ބޭނުންވެ ދިވެހިރާއްޖޭގައި މިވަގުތު ނެތުމުގެ ސަބަބުން ތަހްޤީޤަށް ހާޒިރުނުކުރެވިވާ ދެމީހުންކަމަށެވެ.

އަދި ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުއާއި، އަކްރަމް ކަމާލުއްދީން ތަޙްޤީޤަށް ހާޟިރު ކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރި ނަމަވެސް ދެ މީހުންވެސް މިވަގުތު ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ޙާޟިރުވުމަށް އަންގައި ޗިޓް ހަވާލުކުރެވިފައިނުވާކަމަށް ޕޮލިހުން ވިދާޅުވެއެވެ. 

އެހެންކަމުން ސާދަ ދުވަހުގެ ތެރޭގައި މި ދެ މީހުން ޕޮލިހަށް ހާޟިރުނުވެއްޖެނަމަ އަޅަންޖެހޭ ޤާނޫނީ އެހެނިހެން ފިޔަވަޅުތައް އަޅާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަމީލާއި އަކްރަމް އުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ.