ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ރާއްޖެ ހޯދަދިން ކޯޗް އަނެއްކާވެސް ރާއްޖެ އަން


މިމަހު ކުޅޭ އެކުވެރިކަމުގެ މެޗަށް ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދަދިން ކޯޗް ޖޯސެފް ޔަންކޭ ރާއްޖެއަށް އަންނާނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ. 

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދަދިން ކޯޗް ޔަންކޭ މާލެ އަންނަނީ އެފްއޭއެމްގެ ދަޢުވަތަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ. އެފްއޭއެމްއިން ވަނީ މިމަހުގެ 29 ވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދަދިން ޓީމާ މިހާރުގެ ޤައުމީ ޓީމްގެ އެކްޒިބިޝަން މެޗެއް ކުޅުމަށް ނިންމާފައެވެ. ޔަންކޭ މާލެ އަންނައިރު މިމެޗްގައި ކޯޗް ޔަންކޭ ބެންޗުން ފެނުމަކީ ކައިރިކަމެއް ކަމަށް އެފްއޭއެމްގެ ރައިސް އަހުމަދު ތާރިޤު ވިދާޅުވިއެވެ.

" ސިއްޚީ ހާލަތު ތަންދޭ ނަމަ ކޯޗް ޔަންކޭ ބެންޗުން ފެނުމަކީ ކައިރި ކަމެއް. ކޯޗް މާލެ އަންނަން ނިންމުމަކީ މިމެޗަށް ލިބިގެން ދިޔަ ޝަރަފެއް" އެފްއޭއެމްގެ ރައިސް އަހުމަދު ތާރިޤު ވިދާޅުވިއެވެ.

މީގެ އިތުރުން މިމެޗަށްފަހު ކޯޗް ޖޯސެފް ޔަންކޭ ރާއްޖޭގެ ފުޓްބޯޅައަށް ކޮށްދިން ޚިދުމަށް ފާހަގަކުރުން އޮންނާނެ ކަމަށްވެސް އެފްއޭއެމްއިން ވަނީ ބުނެފައެވެ. ޔަންކޭއަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރަން މެޑެލް ހޯދަދިން ޓީމްގެ ކޯޗެވެ. 

ދެހާސް އަށްވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކޮށްފައިވަނީ އެއްލަނޑު ސުންލަނޑުން އިންޑިއާ ބަލިކޮށެވެ.