ދުނިޔެ

އެމިރޭޓްސްގެ ފްލައިޓް ޖެއްސުމާއެކު ހިނގި އަލިފާނުގެ ހާދިސާ


282 މީހުންނާއި 18 ފަޅުވެރިންނާއެކު އިންޑިޔާގެ ޓްރިވެންޑްރަމްއިން ފުރައިގެން ދުބާއީއަށް ދަތުރުކުރަމުންދިޔަ އެމިރޭޓްސް އެއަރލައިންގެ ފްލައިޓް އީކޭ - ފައިވް ޓޫ ވަން ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމަޖެންސީގައި ޖެއްސުމާއެކު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. tw:https://twitter.com/emirates/status/760784814194749440

މި ހާދިސާގައި ފްލައިޓުން ދަތުރުކުރި އެންމެންވެސް ސަލާމަތުން ތިބިކަމަށް އެމިރޭޓްސް އެއަރލައިނުން މަޢުލޫމާތުދެއެވެ. ބޮއިންގ ހަތެއް ހަތެއް ހަތެއް މަރުކައިގެ އެމިރޭޓްސް އެއަރލައިންގެ މިފްލައިޓްގެ ފަޅުވެރިން ވަނީ ފްލައިޓް ޖެއްސުމާއެކު ހުރިހާ ފަސެންޖަރުންނާއި ކްރޫ ސަލާމަތުން ފްލައިޓުން ބޭރުކޮށްފައެވެ. fb:https://www.facebook.com/GulfNews.UAE/videos/1191502370916019/

އެމިރޭޓްސް އެއަރލައިންގެ ފްލައިޓް އީކޭ - ފައިވް ޓޫ ވަންގައި ދަތުރުކުރި ފަސެންޖަރުންގެ ތެރޭގައި ހިމެނެނީ އިންޑިޔާއަށް ނިސްބަތްވާ 226 މީހުންނާއި، އިނގިރޭސިވިލާތަށް ނިސްބަތްވާ 24 މީހުންނާއި، ޔޫއޭއީއަށް ނިސްބަތްވާ 11 މީހުންނާއި، އެމެރިކާއަށް ނިސްބަތްވާ 6 މީހުންނާއި، ސަޢޫދީއަރަބިއްޔާއަށް ނިސްބަތްވާ 6 މީހުންނާއި، ތުރުކީ ވިލާތަށް ނިސްބަތްވާ 5 މީހުންނާއި، އަޔަރލޭންޑަށް ނިސްބަތްވާ 4 މީހުންނާއި، އޮސްޓްރޭލިޔާއަށް ނިސްބަތްވާ 2 މީހުންނާއި، ބްރެޒިލަށް ނިސްބަތްވާ 2 މީހުންނާއި، ޖަރުމަނުވިލާތަށް ނިސްބަތްވާ 2 މީހުންނާއި، މެލޭޝިޔާއަށް ނިސްބަތްވާ 2 މީހުންނާއި ތައިލެންޑަށް ނިސްބަތްވާ 2 މީހުންނާއި، ކްރޮއޭޝިޔާ މީހަކާއި، މިޞްރު މީހަކާއި، ބޮސްނިއާ ހެޒަގޮވީނާގެ އެކަކާއި، ލުބުނާނު މީހަކާއި ފިލިޕީންސް މީހަކާއި، ސައުތު އެފްރިކާ މީހަކާއި، ސްވިޒަރލޭންޑް މީހަކާއި، ޓިއުނީޝިޔާއަށް ނިސްބަތްވާ މީހެކެވެ. tw:https://twitter.com/apaspo1957/status/760770941374828544

މިހާދިސާގައި ފްލައިޓުގައި ދަތުރުކުރި މީހުން ފްލައިޓުން ބޭލުމަށްފަހު ކުޑަ ވަގުތުކޮޅެއްތެރޭ ފްލައިޓްގައި ވަނީ ބާރުގަދަ ގޮވުމަކާއެކު އަލިފާން ހިފާފައެވެ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކުން އަލިފާންގަނޑު ނިއްވާލެވުނުއިރު ފަލައިޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.