ނޭޝަނަލް ޕެރަ ކްލެސިފަޔާސް ޓްރޭނިން ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފިއެވެ.
ނޭޝަނަލް ޕެރަ ކްލެސިފަޔާސް ޓްރޭނިންގ ވޯކްޝޮޕަކީ ބައިނަލްއަގްވާމީ ފެރަލިމްޕިކް މިންގަނޑުތަކާއި އެއްގޮތަށް ގައުމީ ކްލެސިފިކޭޝަން ކެޕޭސިޓީ ތަރައްޤީ ކުރުމަށް ދިވެހިންނަށް އެކަމުގެ އިލްމާއި ވަސީލަތްތަކާއި ނެޓްވޯކްތަށް ބާރުވެރިކުރުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ.
ކުޅިވަރު ވުޒާރާއިން ބުނީ 20 އަށްވުރެ ގިނަ ބައިވެރިން މި ވޯކްޝޮޕްގައި ބައިވެރިވެ ސެޓްފިކެޓް ހާސިލުކުރި ކަމަށެވެ.
ރާއްޖޭގެ ފެރަލިމްޕިކް ކޮމިއުނިޓީއަށް ކުރިއަށްވުރެ ބޮޑަށް ކުޅިވަރު ގާނޫނުް ބާރުތަށްދީފައިވާއިރު ޕެރަލިމްޕިކް ކޮމިއުނިޓީއަށް ތަފާތުކުރުމެއް ނެތި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.
ބައިނަލްއަގްވާމީ ޕެރަލިމްޕިކް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ޕެރަލިމްޕިކްސްގެ އުސޫލުތައް ހަރުދަނާކޮށް ކުރިޔަށްވުރެ ގިނަ ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.