ދިވެހި އިންވެސްޓްމެންޓް ޕާޓްނާސް ޑީއައިޕީން ސްރީލަންކާގެ އެޗްއެންބީ އިންވެސްޓްމަންޓް ބޭންކާއެކު ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއަރމަން ޢަބްދުލްވާޙިދު ތަޢުފީޤު ވިދާޅުވީ، މި އެއްބަސްވުމާއެކު ރާއްޖޭގެ ވިޔަފާރިތަކަށް މިހާރަށްވުރެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިތަކަށް އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ވިޔާރިތަކަށް ބޭނުންވާނެ އިތުރު އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.
"އެޗްއެންބީ އިންވެސްޓްމަންޓް ބޭންކް ސްރީލަންކާއަކީ ސްރީލަންކާގަ ގަރުނަކަށްވުރެ ގިނަ ދުވަސްވީ ބޭންކެއް. އެ ބޭންކާއެކީގައި އަޅުގަނޑުމެން މި ސޮއިކުރީ ރާއްޖޭގެ ވިޔަފާރި ކޮމިއުނިޓީއަށް މިހާރަށްވުރެ ރަނގަޅު ޚިދުމަތެއް ދޭންވެގެން. އެހެންމަ އެފަރާތުގެ އެކްސްޕަޓީސްއާއި އަޅުގަނޑުމެންގެ އެކްސްޕަޓީސްއާއި، އަޅުގަނޑުމެންގެ ވިޔަފާރީގެ ގުޅުންތަކާއެކުއެކީގައި ރާއްޖޭގެ ކުންފުނިތަކަށް މިހާރަށްވުރެ ރަނގަޅު ފައިދާތަކެއް ލިއްބައިދިނުން". ޢަބްދުލްވާޙިދު ތަޢުފީޤު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެޗްއެންބީ އިންވެސްޓްމެންޓް ބޭންކާއެކު ސޮއިކުރެވުނު އެއްބަސްވުމުން ކުރާނެ އެންމެ ބޮޑު އެއް ފައިދާއަކީ ވިޔަފާރިތަކަށް އެވަގުތަކަށް އެންމެ ބޭނުންވާ ކަންކަން ފުރިހަމަވެގެން ދިއުންކަމަށެވެ.
"ކުންފުނިތަކަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ކުންފުނިތަކުގެ އިންވަސްޓްމަންޓް ނީޑްސް މިހާރަށްވުރެ ރަނގަޅަށް އެޓެންޑްކުރެވޭނެ. އަދި ކުންފުނިތަކަށް މާކެޓްގައި ކޮމްޕީޓް ކުރާއިރު ކުންފުނިތަކަށް އިތުރު ކުރިއެރުންތައް ހޯދާދިނުމަށްޓަކައި އިންވެސްޓްމަންޓް ފައިސާ ބޭނުންކުރެވޭނެ. އަދި ކުރިއަށްދާން ބޭނުންވާ ކުންފުނިތަކަށް އިންވެސްޓްމަންޓްވެސް ދޭނެ". ޢަބްދުލްވާޙިދު ތަޢުފީޤު ވިދާޅުވިއެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން އެޗްއެންބީ އިންވެސްޓަމަންޓް ބޭންކާއެކު ސޮއިކުރެވުނު ޕާޓްނާޝިޕް އެގްރީމެންޓު ނުވަތަ އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން ޢަބްދުލްވާޙިދު ތަޢުފީޤުއެވެ. އަދި އެޗްއެންބީ އިންވެސްޓްމެންޓް ބޭންކުގެ ފަރާތުން އެ އެގްރީމެންޓުގައި ސޮއިކުރެއްވީ އެ ބޭންކުގެ ޗެއަމަން މިތް ޕަލެވަތެއެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއަކީ ރާއްޖޭގައި ކެޕިޓަލް މާކެޓް އޮތޯރިޓީގައި ލައިސަންސް ފާމްއެކެވެ.