ޚަބަރު

އަބުރު ރައްކާތެރި ކުރުމާބެހޭ ބިލް މަޖިލީހަށް ބަލައިގެންފި


އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހަށްބަލައިގެންފިއެވެ.

މި ބިލް މަޖިލީހަށް ބަލައިގެންފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ. މިބިލް ބަލައިނުގަތުމަށް ވޯޓު ދެއްވީ 28 މެމްބަރުންނެވެ. އަދި ވަކި ކޮޅަކަށް ވޯޓުނުދެއްވާ އިންނެވީ އެންމެ މެމްބަރެކެވެ. މި ބިލް މަޖިލީހަށް ބަލައިގަނެ ދިރާސާކުރެއްވުމަށް 11 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވާފައެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލެކެވެ.

މި ބިލަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެޙައްޤަކީ، ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭ ޙައްޤެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވުމާއެކު، އެ މިނިވަންކަމުގެއިންތަކާއި ބޭނުންހިފޭ ހަމަތަކާއި އުޞޫލުތަކާއި އެ މިނިވަންކަމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާންކުރުމާއެކު އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް އުނިކަމެއްއަންނަ ޙާލަތުތަކުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރެއްވުމުގެ މަޤްޞަދުގައިމަޖިލީހަށް ހުށައަޅުއްވާފައިވާ ބިލެކެވެ. 

މިބިލަށް ބަޙުސް ކުރެއްވުމަށް ހުޅުވާލެއްވުމުން ސަރުކާރު ހިންގަވާ ޕާޓީގެ ބައެއްމެންބަރުންނާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވަނީމިބިލުގެ މުހިންމުކަން ބަޔާކޮށް މި ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިވާހަކަފުޅު ދައްކަވާފައެވެ. އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާބައެއް މެންބަރުންނާއި އިދިކޮޅު ޕާޓީގެ މެންބަރުން ވަނީ މި ބިލާ ދެކޮޅަށްވާހަކަފުޅު ދައްކަވާފައެވެ.