ކުޅިވަރު

ޕޮގްބާ ގަތުމަށް ޚަރަދުކުރާވަރު ފެނި ހައިރާންވޭ - ވެންގާ


ޕޮގްބާ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން ޚަރަދު ކުރާވަރުފެނި ހައިރާންވާ ކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ. ފްރާންސްގެ މިޑްފީލްޑަރ ގަތުމަށް ޔުނައިޓެޑުން ވަނީ 120 މިލިއަން ޔޫރޯ ޚަރަދު ކުރަންނިންމާފައެވެ. 

ވެންގާ ބުނީ ކުޅުންތެރިއަކު ގަތުމަށް 120 މިލިއަން ޔޫރޯއަކީ މާބޮޑު އަގެއް ކަމަށާއި ނަމަވެސް އެހަރަދު ލިބޭނެ ކަމުގެ ޔަޤީންކަން އޮތްނަމަ އެކަންކުރެވިދާނެ ކަމަށެވެ. މީގެ އިތުރުން ވެންގާ ވަނީ ކުޅުންތެރިން ހޯދުމަށް ކްލަބްތަކުންކުރަމުންދާ ހަރަދުތަކަކީ ގިނަ ފަހަރު އެކުޅުންތެރިންނަށް ހައްގުނޫން އަގުތަކެއްކަމަށް ބުނެ ފާޑު ކިޔާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހަފްތްގާއި ޕޮގްބާރެކޯޑް ފީއަކަށް ޔުނައިޓެޑާ ގުޅޭނެއެވެ. ޕޮގްބާ ގަތުމަށް ޔުނައިޓެޑް ހުށަހަޅާފައިވާ 120 މިލިއަން ޔޫރޯ ޔުވެންޓާސްއިން މިހާރުވަނީ ޤަބޫލްކޮށްފައެވެ. ޕޮގްބާ މިއަގުގައި ޔުނައިޓެޑަށް ބަދަލުވެއްޖެނަމަ ވެގެންދާނީ މިހާތަނަށް ކުޅުންތެރިއަކު ގަތުމަށް ކްލަބަކުން ހަރަދުކުރާ އެންމެ ބޮޑު ފީއަށެވެ.

 މިފަހަރުގެ ޓްރާންސްފަރގައިޕޮގްބާ ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ މެންޗެސްޓަރ ޔުނައިޓެޑާރެއާލްމެޑްރިޑެވެ.