ޚަބަރު

އާސެނަލްއިން މަޑުއެކޭ ހޯދުމަށް މަސައްކަތްކުރަނީ


އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ޗެލްސީގެ މިޑްފީލްޑަރު ނޮނީ މަޑުއެކޭ ހޯދުމަށް އާސެނަލްއިން މަސައްކަތްކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިންގްލަންޑަށް އުފަން މަޑުއެކޭ ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރަމުންދާއިރު އާސެނަލް އިން އޭނާ ހޯދުމަށް ހުށައަޅާފައިވާ އަގަކީ 50 މިލިއަން ޕައުންޑް ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

އުމުރުން 23 އަހަރުގެ މަޑުއެކޭ މިވަގުތު ހުރީ ޗެލްސީ އާއިއެކު ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅުމަށް އެމެރިކާގަ އެވެ. އަދި މި މުބާރާތުގެ ބައެއް މެޗުތަކުގައި މަޑުއޭކޭ ވަނީ ޗެލްސީ އަށް ކުޅެފަ އެވެ. ނަމަވެސް ޗެލްސީ އަށް އަލަށް ގެނައި އިތުރު ދެ ކުޅުންތެރިންނާއިއެކު މަޑުއޭކޭ އަށް އެ ކްލަބުގައި ކުޅެން ލިބޭ ފުރުސަތު މަދުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ނެދަލޭންޑްސްގެ ޕީއެސްވީ އެއިންދޯވެން އިން ޗެލްސީ އާއި ގުޅުނު މަޑުއެކޭ ވަނީ ޗެލްސީ އަށް 92 މެޗު ކުޅެދީފަ އެވެ. އޭނާ ނެދަލޭންޑްސް އަށް ދިއުމުގެ ކުރިން ވަނީ ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް ޓޮޓްނަމް ހޮޓްސްޕަރގެ އެކެޑަމީގައި އުޅެފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މަޑުއެކޭ ވަނީ އާސެނަލް އާއިއެކު އޭނާގެ މުސާރަ އާއި އަދި އެހެނިހެން ކަންތައްތަކާއިމެދު އެއްބަސްވުމަކަށް އައިސްފަ އެވެ.