ޚަބަރު

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދިވެއްސަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއް

  • ބަލާ ފާސްކުރި ގޭގެ ތެރެއިން 16870 އަތުލައިގަތް

މާލޭގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންއެއްގައި ގެއެއްގެ ތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ ހެންވޭރު ގެއެއް ބަލާ ފާސްކުރިއިރު 214 ގްރާމުގެ މެތަފެޓަމިންއާއި 16870 ރުފިޔާ ފެނިފައިވާކަމަށެވެ. އަދި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި މައްސަލާގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަޙްޤީގުކުރަމުންނެވެ.