ތަރައްްޤީ

ހުޅުމާލޭ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވާނެ


"ސްޓެލްކޯ ފިފްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖްކްޓް" ގެ ދަށުން ހުޅުމާލޭގައި މުޅިން އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވާނެއެވެ.

ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 50 މެގަވޯޓްގެ އިންޖީނުގޭގެ މަޝްރޫޢުގެ ދަށުން ޕަވަރ ޖެނެރޭޝަން ފެސިލިޓީ، ފިއުލް ފާރމް އަދި ވޯޓަރ ޑީސެލިނޭޝަން ފެސިލިޓީއެއް ޤާއިމުކުރެވޭނެކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. އަދި ޕަވަރ ޖެނެރޭޝަން ފެސިލިޓީގައި 9 މެގަވޮޓްގެ 6 އިންޖީނު ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ފިއުލް ފާރމްގައި 2400 މެޓްރިކް ޓަނުގެ ކެޕޭސިޓީ ސްޓޯރޭޖެއް ހުންނާނެކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ޒަރީއާއިން މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ މި މަޝްރޫޢުގެ ދަށުން ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. މި ޕަވަރ ޕްލާންޓްގެ އިތުރަށް ހުޅުމާލޭގެ ކަރަންޓުގެ ވިއުގައިގެ ތެރެއަށް 50 މެގަވޮޓް އިތުރުކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.