ޚަބަރު

ރާއްޖޭގެ އާބާދީގެ %63 މީހުންނަކީ ކައިވެނިކޮށްގެން އުޅޭ މީހުން


ދިވެހިރާއްޖޭގެ އާބާދީގެ ފަސްދޮޅަސް ތިނެއް އިންސައްތަ މީހުންނަކީ ކައިވެނިކޮށްގެން އުޅޭ މީހުން ކަމަށް ރާއްޖޭގައި ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އާބާދީގެ 25 އިންސައްތަ މީހުންނަކީ ކައިވެނި ނުކޮށް ތިބި މީހުންކަމަށްވެސް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އަނެއް 12 އިންސައްތަ މީހުންގެ ކައިވެނީގެ ޙާލަތު ރަސްމީ ތަފާސްހިސާބުތަކުގައި ރެކޯރޑް ކުރެވިފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ޖުމްލަ އާބާދީއަކީ 344،023 މީހުންނެވެ. ޖިންސުގެ ނިސްބަތަށް ބަލާއިރު ދިވެހިންގެ އާބާދީގެ ކޮންމެ 100 އަންހެނަކަށް ޖެހެނީ 103 ފިރިހެނުންނެވެ.

ރާއްޖޭގެ އާބާދީގެ ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 69 ނުވައެއް އިންސައްތަ މީހުން އެންމެ މީހަކާ ކައިވެނިކޮށްފައިވާއިރު، ދެ މީހުންނާ ކައިވެނިކޮށްފައިވާ މީހުންގެ އިންސައްތައަކީ 17 އެވެ. އަދި 3 މީހުންނާ ކައިވެނިކޮށްފައިވާ މީހުންގެ އިންސައްތައަކީ 7 އެވެ. 4 މީހުންނާ ނުވަތަ އެއަށްވުރެ ގިނަ މީހުންނާ ކައިވެނިކޮށްފައިވާ އިންސައްތަ އުޅެނީ 6 އެއްގައެވެ. img:http://s4.psmnews.mv/images/660x400/14696893685934.jpg|މަގުމަތި ކުނި ކެހުމުގައި އަންހެނުންތަކެއް ހަރަކާތްތެރިވަނީ - އަންހެނުން ކައިވެނިކުރާ އެވަރެޖް އުމުރަކީ 22 އަހަރު - ފައިލް ފޮޓޯ: ޕީއެސްއެމް

މުޅި އާބާދީގެ ކައިވެނީގެ ޙާލަތަށް ބަލާއިރު، ދިވެހިރާއްޖޭގެ އާބާދީގެ 63 އިންސައްތަ މީހުންނަކީ ކައިވެނިކޮށްގެން އުޅޭ މީހުން ކަމަށް ރާއްޖޭގައި ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އާބާދީގެ 25 އިންސައްތަ މީހުންނަކީ ކައިވެނި ނުކޮށްތިބި މީހުންކަމަށްވެސް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އަނެއް 12 އިންސައްތަ މީހުންގެ ކާވެނީގެ ޙާލަތު ރަސްމީ ތަފާސްހިސާބުތަކުގައި ރެކޯރޑް ކުރެވިފައެއް ނުވެއެވެ.

ދިވެހި އާބާދީގައި ކައިވެނިކޮށްގެން އުޅޭ މީހުންގެ ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު 80 އިންސައްތަ މީހުންނަކީ ކައިވެނިކޮށްގެން އެކުގައި ދިރިއުޅެމުންދާ މީހުންނެވެ. އަދި 16 އިންސައްތަ މީހުންނަކީ ކައިވެނިކޮށްގެން ދެރަށެއްގައި ދިރިއުޅެމުންދާ މީހުންނެވެ. އަދި 1.4 އިންސައްތަ މީހުންނަކީ އެއް ރަށެއްގައި ދިރިއުޅުނު ނަމަވެސް އެކި ސަބަބުތަކާ ހުރެ ދެ ގެއެއްގައި ދިރިއުޅެމުން އަންނަ މީހުންނެވެ. މީގެއިތުރުން 0.8 އިންސައްތަ މީހުންނަކީ އަނބިމީހާ ނުވަތަ ފިރިމީހާ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނެވެ.

އެވަރެޖްކޮށް ރާއްޖޭގެ އާބާދީގައި ކައިވެނިކުރާ ޢުމުރުގެ ގޮތުގައި މި ތަފާސްހިސާބުތަކުގައި ފާހަގަވެފައިވަނީ 22 އަހަރާއި 25 އަހަރާ ދެމެދުއެވެ. މިގޮތުން ދިވެހި ފިރިހެނުން އާއްމުގޮތެއްގައި ކައިވެނިކުރާ ޢުމުރުފުރާގެ ގޮތުގައި ފާހަގަކުރެވެނީ 25 އަހަރުއެވެ. އަދި ދިވެހި އަންހެނުން ކައިވެނިކުރާ ޢުމުރަކީ 22 އަހަރުއެވެ.

މި ތަފާސްހިސާބުތަކުގައި ކައިވެނި ނުކުރާ މީހުންގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ފިރިހެނުންނެވެ. އެގޮތުން ފިރިހެނުންގެ 30 އިންސައްތަ ހިމެނޭއިރު، އަންހެނުން ހިމެނެނީ 20 އިންސައްތައިގައެވެ.