ޚަބަރު

ފަލާޙް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


ޖަމްޢިއްޔަތުލް ފަލާޙުން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުން 1 ވަނައަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ އަޙްމަދު ޢަދުޔާން ޢަބްދުﷲ އަދި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މުޙައްމަދު ނަބީޙް ރަޝީދު ހޮވިއްޖެއެވެ.

މިއީ ޖަމްޢިއްޔަތުލް ފަލާޙްގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަށް މުބާރާތެކެވެ. މި މުބާރާތުގައި މިފަހަރު ބައިވެރިވީ 17 ސްކޫލަކުން 468 ދަރިވަރުންކަމަށް ޖަމްޢިއްޔަތުލް ފަލާހުން ހާމަކުރެއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ގޮތްޕެވެ.

މި މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފީގައި 142 ދަރިވަރުންނާއި ބަލައިގެން ކިޔެވުމުގެ ގޮފީގައި 326 ދަރިވަރުން ވާދަކޮށްފައިވާކަމަށް ޖަމްޢިއްޔަތުލް ފަލާހުން ހާމަކުރެއެވެ. މި މުބާރާތް ޝަރަފްވެރިކޮށްދެއްވައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިހް މުޙައްމަދު ލަޠީފެވެ.

މި މުބާރަތަކީ މި ޖަމްޢިއްޔާގެ ފަރާތުން މެދުކެނޑުމެއް ނެތި ބާއްވަވަމުން އަންނަތާ 45 އަހަރުފުރިފައިވާ މުބާރާތެކެވެ.