ޚަބަރު

މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމް އޮގަސްޓު މަހު ބާއްވަނީ


  • ފޯރަމް ބޭއްވުމަށް މަސައްކަތްކުރައްވަނީ އޮގަސްޓް 27 އިން 30 އަށް

  • އަމާޒިހިފާފައިވަނީ 100 - 150އާ ދެމެދުގެ އަދަކަށް ޖަމިއްޔާތަކުން ފޯރަމްގައި ބައިވެރިވުން

  • ކޮންމެ އަތޮޅަކުން 2 ޖަމިއްޔާ ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވޭ

މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމް މިއަހަރުގެ އޮގަސްޓްމަހުގައި ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާޢި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރައްވަނީ މިއަހަރުގެ އޮސްޓްމަހުގެ 27އިން 30އަށް ފޯރަމް ބޭއްވުމަށްކަމަށެވެ. އަދި މިއީ މަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމެއް ބާއްވާ ދެވަނަ ފަހަރު ކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާޢި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާގެ އަމާޒަކީ މިއަހަރުގެ މި ފޯރަމްގައި 100-150އާ ދެމެދުގެ އަދަދަކަށް ޖަމިއްޔާތަކުން ބައިވެރިވުންކަމަށެވެ. އެގޮތުން، ކޮންމެ އަތޮޅަކުން 2 ޖަމްއިއްޔާއަށް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން އެ ވުޒާރާއިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފޯރަމްގައި ބައިވެރިވުމަށް ޖަމްއިއްޔާތަކަށް ދަޢުވަތު ފޮނުވުމުގެ މަސައްކަތްކަމަށެވެ. އަދި މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމް އޮންނާނީ މާލޭގައިކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިންވިދާޅުވީ، މިފަދަ ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ، މިފަދަ ފޯޯރަމެއްގެ ތެރެއިން ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކެއް އެއްތަނަަކަށް އެއްވެ، އެޖަމްއިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ހިއްސާކޮށް، އެއް ޖަމްއިއްޔާ އަނެއް ޖަމްއިއްޔާއާ ގުޅިގެން ޖަމިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވާރާކޮށް، އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާމެދު މަޝްްވަރާކުރުންކަމަށެވެ.

މަދަނީ ޖަމްއިއްޔާތަކުގެ ޤައުމީ ފޯރަމް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.